akhlaq

ކީރިތި ޤުރުއާން ދަސްކުރުމަށް މަގެއް

ކީރިތި ޤުރުއާން ހިތު ދަސްކުރުމަކީ ހެޔޮކަމަށް ދަހިވެތިވާ މީހުން އެކަމަށްޓަކައި ވާދަވެރިވާނޭ ކަމެކެވެ. އެހެނީ އެއީ މަތިވެރިވެގެންވާ ކަންޒެކެވެ. އެއީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. ޤިޔާމަތްދުވަހު އޭގެ އަހުލުވެރިންނަށްޓަކައި ޝަފާޢާތްތެރިވާނެއެވެ.

މިކަމުގެ މާތްކަން ޙާޞިލުކުރުމަށްޓަކައި ވަރަށް ގިނަ ގޮތްގޮތަށް ކީރިތި ޤުރުއާން ހިތުދަސްކުރެވިދާނެވެ. ތިބާއަށް މިކިޔައިދެނީ މިކަން ކުރެވިދާނެ ވަރަށް ފަސޭހަ ގޮތެކެވެ. މިގޮތަށް ދަސްކުރުމުން އަވަހަށް ދަސްވާނެއެވެ. އަދި ހިތުގައި ބިންވަޅު ނެގޭލެއް ބޮޑުވާނެއެވެ.

ތިރީގައި އެވަނީ މިގޮތް ޝަރަޙަކޮށްދީފައެވެ. މިސާލެއްގެ ގޮތުން ގެނެސްދީފައިވާނީ ޖުމުޢަ ސޫރަތުން ޞަފްޙާއެކެވެ.

ފުރަތަމަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.
يُسَبِّحُ لِلَّـهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ الْمَلِكِ الْقُدُّوسِ الْعَزِيزِ الْحَكِيمِ ﴿١﴾

ދެވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.
هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ ﴿٢﴾

ތިންވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.
وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ ۚ وَهُوَ الْعَزِيزُ الْحَكِيمُ ﴿٣﴾

ހަތަރުވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.
ذَٰلِكَ فَضْلُ اللَّـهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّـهُ ذُو الْفَضْلِ الْعَظِيمِ ﴿٤﴾

އިސްވެ ދިޔަ ހަތަރު އާޔަތް ވިހިފަހަރު ކިޔައި ތަކުރާރު ކުރާށެވެ. އެއީ އެޔާތްތައް ގުޅުވައިގެން ކިޔުމަށް ފަރިތަކުރުމަށެވެ.
ފަސްވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.
مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا ۚ بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّـهِ ۚ وَاللَّـهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٥﴾

ހަވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.
قُلْ يَا أَيُّهَا الَّذِينَ هَادُوا إِن زَعَمْتُمْ أَنَّكُمْ أَوْلِيَاءُ لِلَّـهِ مِن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ ﴿٦﴾

ހަތްވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.
وَلَا يَتَمَنَّوْنَهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَاللَّـهُ عَلِيمٌ بِالظَّالِمِينَ ﴿٧﴾

އަށްވަނަ އާޔަތް ވިހިފަހަރު ކިޔައި ހިތުދަސްކުރާށެވެ.
قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿٨﴾

ފަސްވަނަ އާޔަތުން އަށްވަނަ އާޔަތުގެ ނިޔަލަށް ވިހިފަހަރު ކިޔައި ތަކުރާރުކޮށް ހިތުން ކިޔާށެވެ. އެއީ އެއާޔަތްތައް ގުޅުވައިގެން ކިޔުމަށް ފަރިތަކުރުމަށެވެ.
ފުރަތަމަ އާޔަތުން އަށްވަނަ އާޔަތުގެ ނިޔަލަށް ވިހިފަހަރު ކިޔައި ތަކުރާރުކޮށް ހިތުން ކިޔާށެވެ. އެއީ އެޔާތްތައް ރަނގަޅަށް ފަރިތަކޮށްލުމަށެވެ.
މިފަދައިން ޤުރުއާނުގެ ކޮންމެ ޞަފްޙާއެއްވެސް ދަސްކުރާނީއެވެ. ދުވާލަކު ޘުމުނަށް [1] ވުރެ ގިނައިން ދަސްނުކުރާށެވެ. (މުރާޖަޢާ ނުކުރެވޭނަމަ) ދަސްކުރާ ބައި ހަނދާން ނެތިދާނެއެވެ.

އަނެއް ދުވަހު އެހެން ޞަފްޙާއެއް ދަސްކުރާއިރު ޢަމަލު ކުރާނީ ކިހިނެތް؟
އަނެއް ދުވަހު އެހެން ޞަފްޙާއެއް ދަސްކުރުމުގެ ކުރިން، ކުރީ ދުވަހު ދަސްކުރި ސަފްޙާ ވިހި ފަހަރު ކިޔާލާށެވެ. އޭރުން ކުރީ ދުވަހުގެ ބައި ބޮޑަށް ދަސްވާނެއެވެ. ދެން އެއަށްފަހުގައި އިސްވެ ބަޔާންވެ ދިޔަ ގޮތަށް އަނެއްކާވެސް އާ ޞަފްޙާއެއް ދަސްކުރާށެވެ.

Leave a comment